Unity Run1

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ހދ. ގޮފިން  ހދ. ކުޅުދުއްފުށީގައި ބޭއްވި “ޔުނިޓީ ރަން” ގެ އެއްވަނަ ފުލުހަކު ހޯދައިފިއެވެ. ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހަވީރު ކުޅުދުއްފުށީ ބޭއްވި ޔުނިޓީ ރަންގައި ދުވި 179 ދުވުންތެރިންނާ ވާދަކޮށް އެއްވަނަ ހޯދާފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ޕޮލިސް … ތަފްސީލް


ފޭދޫފިނޮޅު ރިސޯޓް ޕްރޮޖެކްޓް އިފްތިތާޙްކޮށް ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ފޭދޫފިނޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރިސޯޓް ޕްރޮޖެކްޓް އިފްތިތާޙްކޮށް، އަމަލީ މަސައްކަތްތައް ފަށައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރު ފޭދޫފިނޮޅުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތްތައް ފައްޓަވާދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްއެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން ފޭދޫފިނޮޅު ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކުންފުނީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. ފޭދޫފިނޮޅުގައި ތަރައްޤީކުރާ ރިސޯޓާއެކު ފުލުހުންގެ … ތަފްސީލް


ޑީއީޑީން ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލު މަޑިދަށުން ފެނުނު މަސްތުވާތަކެތި --

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލޭގައި ހިންގި ޚާއްޞަ އޮަޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ އެދެމީހުން ދުއްވި ސައިކަލް ބަލައިފާސްކުރިއިރު … ތަފްސީލް


Maafushi

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ކ.މާފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައިވަނީ މިޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކ.ގުރައިދޫ ގޮނޑުދޮށު ސަރަހައްދުގައެވެ. މި ޑިސެމްބަރ 25 ވަނަ ދުވަހު ނައްތާލާފައިވަނީ 2015 ސެޕްޓެމްބަރ 27 ވަނަ ދުވަހު ހުށައެޅުނު … ތަފްސީލް


Ehbaivanthakamuge Dhuvas

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިއަދު ހެނދުނު ވެލާނާގެ ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްބައިވަންތަ ކަމުގެ އަތުގުޅާލުމުގައި ގިނައަދަދެއްގެ ފުލުހުން ބައިވެރިވެއްޖެއެވެ. ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ފާހަގަކުރުމުގެ ގޮތުން ފާހަގަކުރަމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން އިންތިޒާމްކޮށްގެން ބޭއްވި މި ހަރަކާތުގައި … ތަފްސީލް


މާމިގިލީގައި ހިންގި ޓްރެފިކް އޮޕަރޭޝަނުގެ ތެރެއިން --

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ. ރޭ ހިންގި މި ޓްރެފިކް އޮޕަރޭޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާމިގިލީގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި … ތަފްސީލް


DED2

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހިންގި މި ދެއޮޕަރޭޝަނުގެ ތެރެއިން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ މާލޭގެ ދެ ގެއެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރު މަހުގެ 15 ވަނަ … ތަފްސީލް


DED Safaaree Op

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ ބަނގުރާފުޅިއާއި ބިޔަރު ދަޅުތަކަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށާއި އެސަފާރީގައި މަސައްކަތްކުރާ ބިދޭސީއަކު ބަނގުރާ ހިފައިގެން މާލެދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ … ތަފްސީލް


މާލޭގައި ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގެ ތެރެއިން -- ޕޮލިސް ފައިލް ފޮޓޯ

މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އައު އަހަރާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އަމާން ވެއްޓެއްގައި ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. މިއަދުން ފެށިގެން ކުރިއަށް ގެންދާ މިއޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލްކުރުން އިތުރުކޮށް ތަންތަން ބަލައި ފާސްކޮށް ދަންވަރު ވަގުތުތަކުގައި ބޭނުމެއްނެތި މަގުމަތީގައި އުޅޭ މީހުންނާ … ތަފްސީލް


މަހިބަދޫގައި ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް --

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މަހިބަދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު … ތަފްސީލް


« ކުރީގެ ލިޔުންތައް
ފަހުގެ ލިޔުންތައް »