DED30th Ops1

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި 13 މީހަކު ހައްޔަރުކޮށްފިއެވެ. މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 39 އަހަރާ ދެމެދުގެ ފިރިހެނުުންނެވެ. ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެރޭ ހިންގި މި އޮޕަރޭޝަނުގައި ކޯޓު … ތަފްސީލް


Vaanee3

ފުލުހުންނަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީން ދ. ވާނީގައި ހިންގި 40 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ނިންމައި ބައިވެރިންނަށް ހަނދާނީލިޔުން ދީފިއެވެ. ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދ. ވާނީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުއްޝުކޫރު އަބްދުﷲ އެވެ. ދ. … ތަފްސީލް


ކުޑަހުވަދޫގައި އިއްޔެ ނައްތާލި ބަނގުރާ ފުޅިތައް --

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހު ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.  އިއްޔެ ނައްތާލާފައިވަނީ 144 އިންސިޑެންޓެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 110 ފުޅި ބަނގުރަލާއި އެކި … ތަފްސީލް


ތަކަންދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދެނީ --

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހއ. ތަކަންދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ރޭ ތަކަންދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ވަނީ ކުށްތަކަށް އަމާޒުކޮށްގެން ރަށުތެރެ ޕެޓްރޯލްކޮށް ރަށުގެ ފަޅުގެތަކާއި ކުށްކުރާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ތަންތަން ބަލައިފާސްކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޓްރެފިކް އޮަޮޕަރޭޝަނެއްގެ އިތުރުން ތަކަންދޫގެ ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ގޮތުން … ތަފްސީލް


Kaashidhoo Kasrathu Program

ކ. ކާށިދޫ ޕޮލިސް ސްޓޭޝަނާއި ކާށިދޫ ކައުންސިލާއި ސްކޫލް އަދި ސިއްޙީ މަރުކަޒު ގުޅިގެން ކާށިދޫއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކަސްރަތު ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. “ދުޅަހެޔޮ މުޖުތަމަޢުއަކަށް ކަސްރަތު” މި ނަމުގައި ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ކަސްރަތު ޕްރޮގްރާމުގައި ޖުމްލަ 68 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ބައިވެރިންގެ ތެރޭގައި 4 … ތަފްސީލް


Badhahi Dhuvun

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ ރައުޙަތު ސްޕޯޓްސް އެކަޑަމީ ގުޅިގެން މުޅި ތިނަދޫއަށް ހުޅުވާލައިގެން “ބަދަހި ދުވުން 2018” ގެ ނަމުގައި ދުވުމަށް ބާއްވަން ހަމަޖައްސައިފިއެވެ. ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެރޭ 00:00 ގައި ތިނަދޫ ރަސްމީ ޖެޓީ ސަރަޙައްދުން ފެށުމަށް ހަމަޖެހިފައިވާ މި ދުވުން ކުރިއަށް ގެންދަނީ ދެ އުމުރު ފުރަޔަކަށެވެ. … ތަފްސީލް


MPS2253

ފުލުހުންގެ މުއައްސަސާއިން 2014 ން 2018 ވަނަ އަހަރަށް ކަނޑައަޅާފައި ސްޓްރެޓީޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން 2018 އަހަރު ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރާނެ ދާއިރާތައް ނުވަތަ އޮޕަރޭޝަނަލް ޕްރައޯރިޓީސްތައް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ކަނޑައަޅުއްވައިފިއެވެ. އެގޮތުން 2018 އަހަރު ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރާނެ 4 ދާއިރާއެއް ކަނޑައަޅުއްވާފައިވާއިރު … ތަފްސީލް


ކުރެންދޫގައި ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި --

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޅ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޅ. ކުރެންދޫގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ. ޅ. ކުރެންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކުރެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ޑިސެމްބަރު މަހުގެ … ތަފްސީލް


ގއ.ދާންދޫ، ޖަރީމާގެ، ޢަލީތަކުރުފާނު (32އ)

ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ހުއްދަނެތި ގެދޮރައްވަނުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގއ.ދާންދޫ، ޖަރީމާގެ، ޢަލީތަކުރުފާނު (32އ) އެވެ. ވީމާ ޢަލީތަކުރުފާނު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި … ތަފްސީލް


މޫދު ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި ހއ. ފިއްލަދޫ ސިއްޙީ މަރުކަޒު ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމައި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. ޑިސެމްބަރު 26 ވަނަ ދުވަހުގެރޭ  ފިއްލަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ހއ. އަތޮޅު ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ޚަލީލްއެވެ. … ތަފްސީލް


« ކުރީގެ ލިޔުންތައް