Mou

ޕަބްލިކް ސަރވިސް މީޑިއާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމައި ދެ މުއައްސަސާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ޓެލެވިޜަން މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްއެވެ. ޕީ.އެސް.އެމްގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ … ތަފްސީލް


1

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަނާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވިދާޅުވީ މި އޮޕަރޭޝަނަކީ މީހަކު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ … ތަފްސީލް


ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގައި ސީއޯސީ ޕީސް މޭކަރސް އާއި ކުލަބު އެޗްއާރުޑީ ވާދަކުރި މެޗުގެ ތެރެއިން --

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށްކުޅެވޭ އިނޓަރ ޑިޕާޓްމަންޓް ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ސީއޯސީ ޕީސް މޭކަރސް އާއި އައިޑީ ކުލަބު ޖާގަހޯދައިފިއެވެ. ސީއޯސީ ޕީސް މޭކަރސް ސެމީ ފައިނަލުން ޖާގަހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެސްއެސްޑީ އާވާދަކުރި މެޗު ސީދާ 3 ސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ސެޓްތައް ސީއޯސީން … ތަފްސީލް


Dhivili Matha3

އައްޑޫ ސިޓީ ޕޮލިސް އިން ހިންގާ ސިލްސިލާ ޓްރެފިކް އޮޕަރޭޝަން “ދިވިލި މަތަ” އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ހިންގައިފިއެވެ. އައްޑޫ ސިޓީގައި މަސައްކަތްކުރާ ހުރިހާ ފުލުހުންގެ ބައިވެރިވުމާއެކު މި ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ  މި އޮޕަރޭޝަނުގައި 410 އުޅަނދެއް ބަލައިފާސްކޮށްފައިވެއެވެ. މި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ހަތަރު ފުރޮޅުލީ … ތަފްސީލް


Srilanka Course

ދިވެހި ފުލުހުންނަށް ލިބުނު ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކެއްގައި ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ ދެމުވައްޒަފަކު ސްރީލަންކާއަށް ފުރައިފިއެވެ. ސްރީލަންކާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމަށް ފުރާފައިވަނީ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ރަމީޒު އާއި ސިވިލް އޮފިސަރ ފާތުމަތު ޝިމްޒާ ޙަސަންއެވެ. މި ދެ މުވައްޒަފުންގެ ސްރީލަންކާއަށް ފުރާފައިވަނީ … ތަފްސީލް


Dhiggaru Awareness

މ. ދިއްގަރުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ދިއްގަރު ޕޮލިސް ސްޓޭޝަނުން ހިންގި މި ޕްރޮގްރާމުގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ވިޔަފާރަވެރިން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ. އެގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި އަލަށް … ތަފްސީލް


SOCO Course1

ފުލުހުންގެ ތަޙުޤީޤުތަކަށް ބޭނުންވާ މާއްދީ ހެކި ކުށުގެ ެވެށިން ދެނެގަނެ، އެތަކެތި ރައްކާތެރިކަމާއެކު ތަޙުލީލު ކުރުމަށް ބަންދުކޮށް ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގެ ލެބޯޓްރީތަކާ ހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރު ފުލުހުންނަށް އުނގަންނައި ދިނުމުގެ ގޮތުން ހިންގާ ސީން އޮފް ކްރައިމް އެފިސަރސް ބެސިކް ކޯހުގެ 7 ވަނަ ބުރު އދ. މަހިބަދޫގައި ފަށައިފިއެވެ. ކޯސް … ތަފްސީލް


ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ތެރެއިން --

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލުން ސީއޯސީ ޕީސް މޭކަރސް އާއި އައިޑީ ކުލަބާއި އެސްއެސްޑީ އަދި އެސްއޯއާރުސީން ޖާގަ ހޯދައިފިއެވެ. ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު ކުޅޭ ފުރަތަމަ ސެމީގައި ވާދަކުރާނީ ސީއޯސީ ޕީސް … ތަފްސީލް


Universal1

ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ ފެމިލީއެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ޔުނިސެފް އަދި ފުވައްމުލަކު ކޮމިއުނިޓީ ސަރވިސް ގްރޫޕް ގުޅިގެން ޚާއްޞަ ހަރަކާތްތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފިއެވެ. މި ނޮވެމްބަރު މަހުގެ 17 ން 20 އަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ވަނީ ސްކޫލުތަކުގެ ދަރިވަރުންނަށާއި … ތަފްސީލް


ނަރުދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ކުލާހުގެ ތެރެއިން --

ށ.މިލަންދޫ ޕޮލިސް ސްޓޭޝަނާއި ށ.ނަރަދޫ ސްކޫލް ގުޅިގެން އެސްކޫލުގެ ގްރޭޑް 1 ން ފެށިގެން ގްރޭޑް 3 އާ ދެމެދު ގްރޭޑްތަކުގައި ތައުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ. ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ށ.މިލަންދޫ ރަންފަސް ބީޗުގައި ކުރިއަށް ގެންދިޔަ މިކުލާހަކީ މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ އައު މަންހަޖުގައި … ތަފްސީލް


« ކުރީގެ ލިޔުންތައް