ހޯމަ ،30 އޮކްޓޯބަރ 2017 / 8:32
ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، ނައިފަރުގައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ. މި އޮކްޓޯބަރ މަހުގެ 24 ން 25 އަށް ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމްގައި އެރަށުގެ ފިހަރަތަކާއި ރެސްޓޯރެންޓް އަދި ސައިހޮޓާތައް ހިމެނޭގޮތަށް 35 ތަނަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ފައިސާ ގެންގުޅުމުގައި … ތަފްސީލް
އާދިއްތަ ،29 އޮކްޓޯބަރ 2017 / 15:36
ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ހަނިމާދޫ ސުކޫލް ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނަށް ރީތި އަދަބުތަކާގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުގެ ހދ. ހަނިމާދޫ ސުކޫލުގެ ހޯލުގައި ކުރިއަށްދިޔަ މި ސެސަނަކީ އިސްލާމީ ރީތި އާދަތައް ދަރިވަރުންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ސެޝަނެކެވެ. މި … ތަފްސީލް
އާދިއްތަ ،29 އޮކްޓޯބަރ 2017 / 15:19
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހައްވާ ރާޝިދާ އާއި ފާތިމަތު ޒީނިޔާ މޫސާ ހޯދައިފި އެވެ. އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހައްވަ އާއި ޒީނިޔާގެ ޕެއާ ހޯދީ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އައިޝަތު މާޖިދާ … ތަފްސީލް
އާދިއްތަ ،29 އޮކްޓޯބަރ 2017 / 14:21
މ. މުލަކު ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ގޮތުން ހިންގި ސްވިމިން ކޭޕް 2017 ނިންމައި ޕްރޮގްރާމްގައި އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓްދީފިއެވެ. މިކަމަށްޓަކައި މ. މުލަކު ކައުންސިލް އިދާރާއާއި ދިމާލު އަތިރިމަތީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ޕްރޮގްރާމްގައި އެކިއެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ދެއްވީ މ. އަތޮޅު ކޮމާންޑަރ … ތަފްސީލް
އާދިއްތަ ،29 އޮކްޓޯބަރ 2017 / 14:19
މާލެއާއި އަތޮޅުތަކުގެ ރަށްރަށުގެ މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށާއި މަގުމަތީގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާ އެއްގޮތަށް ދުއްވާ އުޅަނދުތަކަކަށް ހެދުމުގެ ގޮތުން ތ. ވޭމަންޑޫ އާއި ތ. ކިނބިދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ. މި އޮކްޓޯބަރު މަހުގެ 25 އަދި 26 ވަނަ ދުވަހު އެދެރަށުގައި ހިންގި މި ޓްރެފިކް އޮޕަރޭޝަނުގެ ތެރެއިން ވޭމަންޑޫ … ތަފްސީލް
އާދިއްތަ ،29 އޮކްޓޯބަރ 2017 / 12:19
ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ފުލުހުންގެ އާއިލާތަކުގެ ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ގޮތުން ހިންގި “ޕީއެފްއޭ ލިޓްލް ސްވިމަރސް” ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ … ތަފްސީލް
އާދިއްތަ ،29 އޮކްޓޯބަރ 2017 / 9:13
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.. މި އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަނަކީ، އެރަށުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތީގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތައްތޯ ބެލުމުގެ ގޮތުން … ތަފްސީލް
އާދިއްތަ ،29 އޮކްޓޯބަރ 2017 / 8:57
ޕޮލިސް އެކެޑަމީން ހިންގި ކޮމްބެޓް ސްވިމިންގ އެންޑް ވޯޓަރ ސަރވައިވަލް އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯހުގެ ފުރަތަމަ ބުރު ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މިކަމަށްޓަކައި މި އޮކްޓޯބަރ 26 ވަނަ ދުވަހުގެ ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސަރވިސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ … ތަފްސީލް
ބުރާސްފަތި ،26 އޮކްޓޯބަރ 2017 / 15:32
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މަޢްލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖަންސާއި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހުޅުމާލެ ފްލެޓް 2 ޖީ … ތަފްސީލް
ބުރާސްފަތި ،26 އޮކްޓޯބަރ 2017 / 14:48
ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، ލަންދޫގައި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހު ނ. ލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި އެރަށުގެ ގިނަ ފިހާރަތަކަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން، ވަގުންނަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި … ތަފްސީލް