އަންގާރަ ،31 އޮކްޓޯބަރ 2017 / 14:36
ލ. ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުޤީޤު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ. ގަން ތުނޑި، ހަނދުވަރީ، ޒިޔާދު ޚާލިދު (26އ) އެވެ. ވީމާ ޒިޔާދު ޚާލިދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791261 … ތަފްސީލް
އަންގާރަ ،31 އޮކްޓޯބަރ 2017 / 14:26
ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް އާ ބައްދަލުކުރައްވައިފިއެވެ. މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި އޮތް މި ބައްދަލުކުރެއްވުމުގައި ތަރައްޤީ ވެފައިވާ އެހެން ޤައުމުތަކުގައި ދެމުންދާ ފުލުހުންގެ ޚިދުމަތްތަކާ އެއް ފެންވަރެއްގައި ދިވެހި ފުލުހުންގެ ޚިދުމަތްދީ، ދުނިޔޭގެ އެހެން ޤައުމުތަކުގެ ފުލުހުންގެ ޚިދުމަތްތަކާ އެއް … ތަފްސީލް
އަންގާރަ ،31 އޮކްޓޯބަރ 2017 / 13:56
ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ނ.މާފަރު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ. މި އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމްގައި ސްކޫލްގެ ދަރިވަރުންނަށް ޢާންްމު ޢިޖުތިމާއި މިންގަނޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި އާއްމު އިޖުތިމާއި މިންގަޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. … ތަފްސީލް
އަންގާރަ ،31 އޮކްޓޯބަރ 2017 / 12:25
ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ 3 ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޕޮލިސް ކުލަބް ފުޓްބޯޅަ ޓީމަށް ބިދޭސީ ތިން ކުޅުންތެރިޔަކު ގެނެސްފިއެވެ. ޕޮލިސް ކުލަބަށް ގެނެސްފައިވަނީ ތަޒަކިސްތާނުގެ މިޑްފީލްޑަރަކާއި ދެ ޑިފެންޑަރުންނެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން މިޑްފީލްޑަރަކީ ބޮބީވް ފިރުޒްއެވެ. އޭނާއަކީ ތަޒަކިސްތާނުގެ ދެވަނަ ލީގުގައި ކުޅެމުންދިޔަ ކުޅުންތެރިޔެކެވެ. ދެ ޑިފެންޑަރުންނަކީ … ތަފްސީލް
އަންގާރަ ،31 އޮކްޓޯބަރ 2017 / 10:48
އައްޑޫ ސިޓީ ޕޮލިސްއާއި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާ ގުޅިގެން ބާއްވާ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން މަރަދޫ ފޭދޫ އާއި މީދޫ ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން މަރަދޫފޭދޫ ޖާގަ ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅު އެއް ވަނަ ޓީމުގެ ގޮތުގައެވެ. އަދި މީދޫ ފައިނަލުން … ތަފްސީލް
އަންގާރަ ،31 އޮކްޓޯބަރ 2017 / 10:14
ޅ. ހިންނަވަރު ކައުންސިލާއި ހިންނަަވަރު ޒުވާނުންގެ މަރުކަޒު ގުޅިގެން ބޭއްވި ހިންވަރުގައި ހުރި ސަރުކާރު އޮފީސްތަކަށް އަމާޒުކޮށްގެން ބޭއްވި އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ޕޮލިސް ސްޓޭޝަންގެ ޓީމު ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ޕޮލިސް ސްޓޭޝަންގެ ޓީމު ހޯދީ ފައިނަލުގައި ހިންނަވަރު ކައުންސިލްގެ ޓީމާ ވާދަކުރި މެޗު ސީދާ ތިން … ތަފްސީލް
އަންގާރަ ،31 އޮކްޓޯބަރ 2017 / 8:13
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ރ. މަޑުއްވަރިން ހައްޔަރުކޮށްފިއެވެ. މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 19 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ. މި ދެމީހުންގެ ތެރެއިން 17 އަހަރުގެ ފިރިހެން ކުއްޖާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް … ތަފްސީލް
ހޯމަ ،30 އޮކްޓޯބަރ 2017 / 10:50
ފުލުހުން ޓޯވކޮށްފައިވާ ސައިކަލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ސައިކަލް އިންޖީނު ނަންބަރު 5P42003220 ވެރިފަރާތް ހޯދަމުންދަނީ 2017 މެއި 14 ވަނަ ދުވަހު ޓޯވކޮށްފައިވާ ސައިކަލެއްގައި ޖަހާފައިވާ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާފައިވާކަމަށް ތުހުމަތުކުރެވިގެން ސައިކަލްގެ އިންޖީނު ނަންބަރު ހޯދުމަށްކުރި ފޮރެންސިކް ތަޙްލީލުން ސައިކަލުގައި ޖަހާފައިވާ އިންޖީނު ނަންބަރަކީ … ތަފްސީލް
ހޯމަ ،30 އޮކްޓޯބަރ 2017 / 8:46
ކ. ގުޅި ޕޮލިސް ޑެސްކާއި، ކ. ގުޅި ސްކޫލް ގުޅިގެން އެސްކޫލުގެ ގްރޭޑް 3 ގައި ތައުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ. މިއޮކްޓޯމަހުގެ 26 ވަނަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަކަށް ކ. ގުޅީ އިރުމަތީފަރާތު މޫދުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ އައު މަންހަޖުގައި ވާގޮތުން، … ތަފްސީލް
ހޯމަ ،30 އޮކްޓޯބަރ 2017 / 8:41
މަދަރުސަތުލް އިފްތިތާޙްގެ ލިޓްލް މެއިންޑުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި މަގުމަތީގައި ހިނގާބިގާވެ އުޅުމުގައި ގެންގުޅެއްޖެހޭ ރީތި އާދަތަކާއި ހިނގާއިރު މަގުގެ އެއް ފަރާތުން ހިނގުމުގެ މުހިންމުކަމާއި މަގުމަތީގެ ނިޝާންތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. ޅ. … ތަފްސީލް