rishey

ހުވަދު އަތޮޅުގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ” އަބުޅޯ ހަވަރު ފުޓްސަލް ކަޕް 2016 ” ގެ ޗެމްޕިއަންކަން ގދ.ތިނަދޫ ޕޮލިސް ޓީމް ހޯދައިފި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ތިނަދޫ ޕޮލިސް ޓީމް ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އައުޓްރިގާ މޯލްޑިވްސް އާއި ވާދަކޮށް 5-0 ގެ ތަފާތު … ތަފްސީލް


himmfuttey

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓާއެކު މީހަކު ކ.ހިންމަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ހިންމަފުށި ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން 2016 ޖޫން 25 ވަނަ … ތަފްސީލް


DEDDrugbus

ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި ޕެކެޓްތަކަކާއި ފައިސާއާއެކު މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު … ތަފްސީލް


OoredooHulhumaleOutlet

ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ، ހުޅުމާލޭގައި ހުންނަ އަމިއްލަ ކުންފުންޏެއްގެ އައުޓްލެޓަކުން 4 ލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ކުޑަ 2 ތިޖޫރި ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދައި ނުފެނިފައިވާ މީހެކެވެ. ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ … ތަފްސީލް


ainthu

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސިލްސިލާކޮށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ.ތިނަދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ. 2016 ޖޫން 27 ވަނަ ދުވަހު ހިންގި މި ޓްރެފިކް އޮޕަރޭޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ގދ.ތިނަދޫގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ ޤާނޫނާއި ޤަވައިދުތަކާއި އެއްގޮތަށް ހުރި އުޅަނދުތަކެއްތޯ ބެލުމަށް ހިންގި އޮޕަރޭޝަނެކެވެ. މި ޓްރެފިކް … ތަފްސީލް


ކ-ވ: ކ. މާލެ، ހ. ބްރެޑްލީ، އަހުޒާމް ނަޢީމް (32އ) އާއި ކ. މާލެ، ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (35އ): މި ދެމީހުން ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ

ކެނަބިސް ޓްރެފިކް ކޮށްގެން ހޯދި 1.1 މިލިއަން ރުފިޔާއާއި 66 ހާހަށްވުރެ ޑޮލަރާއި އިތުރު ބޭރު ފައިސާތަކެއް ދައުލަތަށް ނަގައި، ކެނަބިސް ޓްރެފިކް ކުރި ދެމީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ. ދައުލަތުން، ކ. މާލެ، ހ. ބްރެޑްލީ، އަހުޒާމް ނަޢީމް (32އ) އާއި ކ. މާލެ، ގ. … ތަފްސީލް


DrugBust

ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކަކާއި ޕެކެޓްތަކަކާއި ފިލުމު ހުސްކުރި ދަޅުތަކަކާއެކު 7 މީހަކާއި ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ 2 މީހުންނާއި 28 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 36 އަހަރުގެ … ތަފްސީލް


IMG_9701

އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީސް (އައިލްސް) އާއި ނެޝަނަލް އިންސިޓިޓިއުޓް އޮފް އެޑިއުކޭޝަންއާ ގުޅިގެން “އެޑަލްޓް ލާނިންގ ޓެކްނިކްސް ޓްރެއިނިންގް ޕްރޮގްރާމް” މިނަމުގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމު ނިމުމާއެކު ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މިކަމަށްޓަކާ 2016 ޖޫން 28 ވަނަ ދުވަހުގެ 13:30 ހާއިރު އިސްކަންދަރު ކޮށި 1 … ތަފްސީލް


ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ރޭ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި

މާލޭ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓްތަކަކާއި ސެލޯފިންކޮޅުތަކަކާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ދިވެހި 2 ފިރިހެނުންނެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެން 2016 ޖޫން 28 … ތަފްސީލް


naifaru

ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2016 ޖޫން 27 ވަނަ ދުވަހުގެރޭ 00:10 … ތަފްސީލް


« ކުރީގެ ލިޔުންތައް