4

ވެލާ ކަހަނބަށް ރައްކާތެރި މާހައުލެއް ލ. އަތޮޅުގައި އޮތުމަށް ފުރުސަތުދީ އެކަންކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ލ. އަތޮޅުގައި ހިންގަމުންދާ ރިޒޯޓެއްކަމަށްވާ ސިކްސް ސެންސަސް ލާމުން އިސްނަގައިގެން ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އެހެނިގެން މުއައްސަސާތަކާއި ގުޅިގެން ލ. މާވަށުގައި ފެސްޓިވަލެއް ބާއްވައިފިއެވެ. “ޓާޓަލްސް އިން ލާމު – ސޭފް އެންޑް ޕްރޮޓެކްޓެޑް” މި ނަމުގައި މިއަދު … ތަފްސީލް


ީހ

އިހަވަންދޫ ޕޮލިސް ނައިޓް 2016 ގެ ނަމުގައި ޚާއްޞަ ހަފްލާއެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ބާއްވާފިއެވެ. މި ޙަފްލާ އަކީ އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފާރާތްތަކުގެ އަގުވަޒަން ކުރުމާއި، އަޕަރ ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލަށް އަލްވަދާޢު ކިޔުމަށާއި އަޕަރ … ތަފްސީލް


MPS2

މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަދަނީ ބައެއް ޖަމްޢިއްޔާ ތަކުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވަން އިންތިޒާމުކުރަމުންދާ  ކަމަށް ބުނާ ހިނގާލުން ކުރިޔަށް ގެންދަން ފުރުޞަތު ނުދޭން ނިންމައިފިއެވެ. މާދަމާ ހަވީރު މާލޭގައި ބާއްވަން އިންތިޒާމު ކުރާ ހިނގާލުމުގެ މަޢުލޫމާތު މީޑިއާގެ ޛަރީޢާއިން ލިބިފައިވާކަމަށާއި އެފަދަ  ހިނގާލުމެއް ބޭއްވުމުން މާލޭގެ މަގުތަކުގައި ހިނގައި ބިނގައިވާ މީހުންނަށާއި … ތަފްސީލް


maafushi

ކ. މާފުށީގައި ފަތުރުވެރިކަން ފުޅާވެ ތަރައްޤީ ވެގެން ދިޔަނަމަވެސް ރަށުގެ ޢާއްމު އިޖްްތިމާޢީ ކަންކަން ހަރުދަނާ ކަމާއެކު ކުރިޔަށް ގެންދިއުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން ފުލުހުންނާއި ކައުންސިލާއި ފަތުރުވެރި ކަމުގެ ވިޔަފާރިކުރާ  ފަރާތްތަކުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ ފުލުހުން އިސްވެ، މާފުށީ ކައުންސިލްގެ މެމްބަރުންނާއި އެރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކާއެކު މަޝްވަރާ … ތަފްސީލް


IMG_0048

ވެލާ ކަހަނބަކީ ކަނޑުގެ މާޙައުލުގައިވާ ދިރުންތައް ދެމެހެއްޓުމަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށްވެފައި ފަތުރުވެރިންގެ މަޤުބޫލުކަންވެސް ވަރަށް ބޮޑަށް ލިބިފައިވާ އެއްޗެކެވެ. ވެލާ ކަހަނބަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށް ވާއިރު މިތަކެތި ނަގައި އެއިން ވިޔަފާރިކުރުމާއި ކެއުން ބުއިމުގެ ގޮތުންވެސް އެތަކެތި ބޭނުންކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެވެ. ކަންމިހެން އޮތްނަމަވެސް ހިތާމައަކީ ވެލާ ކަހަނބުގެ ބާވަތްތައް … ތަފްސީލް


22

ފ.ނިލަންދޫގެ އެކި ޢުމުރު ފުރާތަކުގެ މީހުންނަށް ބައިވެރި ވެވޭ ގޮތަށް ނިލަންދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން މޫދުގެ ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. މި އޭޕްރީލް 25 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމުގައި މޫދު ކަސްރަތާއި ގުޅޭ ތަފާތު މައުލޫމާތާއި ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މައުލޫމާތު ދީފައިވެއެވެ. މި އެކުއަރ … ތަފްސީލް


image-0a7912e001368aaf4404ed40e63c593f153f6d8aeda7cdd15986b048a2c9d891-V

ފުރާވަރުގެ ކުދިންނަށް އަމުކޮށްގެންގެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރެޑީ ކޭމްޕްގެ 37 ވަނަ ކޭމްޕު ށ. ފުނަދޫގައި ފަށައިގެން ކުރިއަށް އެބަދެއެވެ. މިއަދުން ފެށިގެން މެއި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ށ. ފުނަދޫ ސްކޫލުގައި ކުރިއަށްދާ މި ކޭމްޕުގައި ފުނަދޫ ސްކޫލުގެ 94 ދަރިވަރަކު ބައިވެރިއެވެ. … ތަފްސީލް


cyber

އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސުކޫލާއި ހިތަދޫ ސުކޫލުގެ ދަރިވަރުންނަށް ސައިބަރ ކްރައިމްއާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ. މި އޭޕްރީލް މަހުގެ 24 އަދި 25 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލް އަދި ހިތަދޫ ސްކޫލުގައި ވަކިވަކިން ކުރިއަށްދިޔަ މި ކުލާހުގައި ސައިބަރ ކްރައިމްސްއަކީ ކޮބައިކަމާއި … ތަފްސީލް


Picture1

އަޕަރ ނޯތު ޕޮލިސް ޑިވިޜަނާއި އަލަށް ހަވާލުވެވަޑައިގެންނެވި  ޑިވިޜަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީ ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފިއެވެ. އޭޕްރީލް 27 ވަނަދުވަހު ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ބައްދަލުވުމަކީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރުކަމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން ޑިވިޜަންގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގައި … ތަފްސީލް


Awareness

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ ޤާނޫނަށް ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުން އަހުލުވެރިކޮށް ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ފަށައިފި އެވެ. އިއްޔެ ހަވީރު އިސްކަންދަރު ކޮށީގައި ފެށި މި ޕްރޮގްރާމުގައި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު އިއްޔެ މަޢުލޫމާތު ދީފައިވަނީ ސަޕޯޓް ސަރވިސަސް ޑައިރެކްޓްރޭޓްގައި … ތަފްސީލް


« ކުރީގެ ލިޔުންތައް